އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ތާވަލު ކޮށްފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ޖަލްސާ އޮންނާނީ 30 ވަނަ ދުވަހުގެ ރޭ 9:00ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސްގައި އޮންލައިންކޮށް ވެސް ޖަލްސާ ކުރިއަށްދާނެއެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހިއްސާދާރުންނަށް އެސްޓީއޯއިން ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9:00 އެވެ.
އެސްޓީއޯގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައު 487 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލައި 35 އިންސައްތައިގެ ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!