ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

Ad
rt

މިތަކެތީގެ ތެރޭގައި ހިމެނެނީ 526 ފުޅި ބަނގުރާ، 20 ޕެޓް ފުޅި، 1005 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެވެ.

މި ތަކެއްޗަކީ ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެތިކަމަށް ފުލުހުން ބުނެއެވެ.

މިއަދު ނައްތައިލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، ޖުމްލަ 42 މައްސަލައެއްގައި ހިމެނޭ އެވިޑެންސް ނައްތައިލާފައިވަނީ މިއަދު ދޫނިދޫގައެވެ.

މީގެ އިތުރުން މިއަަދު ވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާވެސް ނައްތާލާފަ އެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި ނައްތައިލާފައިވަނީ 262 ފުޅި ބަނގުރައާއި 112 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ މާރިޗު 12 އިން މި މެއި މަހުގެ 5 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.