އަލުން އާބާރަކާއެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހިންގާލަން، އެ ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ގޮވައިލައްވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ މާދަމާއެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ހޮވާނެއެވެ.
ފަޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށެވެ.
"އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން، ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން" ފަޔާ ވިދާޅުވެފައި ވެއެވެ.
އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން
އަލުން އާބާރަކާއެކު #MDPHingaalan ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން#GoVote
— Fayyaz Ismail (@faya_i) May 13, 2022
މާދަމާ އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިގޮތެއްގައި އަދި އެހާމެ ފޯރީގައެވެ.
ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެމްޑީޕީ އަދާކުރަމުންދާ ދައުރުގައި އެ ޕާޓީއަކީ އަބަދުވެސް ވަރަށް ހުޅުވާލައިގެން ކަންކަން ނިންމަމުން އަންނަ ޕާޓީއެއްކަމުގައިވާއިރު، މި ފަހަރުގެ އިންތިޚާބުގެ ކެމްޕޭނަކީ މިހާތަނަށް ރާއްޖެގައި ސިޔާސީ ޕާޓީއަކުން ނުހިންގާވަރުގެ ވަރުގަދަ ކެމްޕޭނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!