ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭން އުރީދޫ އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއީ އުރީދޫގެ “ވިސިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. އެއްބަސްވުމާއެކު އުރީދޫއިން ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ވަގުތު އެންމެ ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ.

Ad
rt

އުރީދޫގެ މި ކެމްޕޭނަކީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އެހީވުމަށް ފެށި ކެމްޕޭނެކެވެ. އެހެންވެ މި އެއްބަސްވުމާއެކު ބޯޓިން އެސޯސިއޭޝަނާ ގުޅިގެން ލިވަބޯޑް ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން އެމީހުންނަށް ބޭނުންވާ ޕްލޭން އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އުރީދޫ އިން ބުނީ މިފަދަ އެއްބަސްވުންތަކުގެެ ސަބަބުން ވިޔަފާރިތަކަށް ތަފާތު ކޮންޓެންޓުތައް އުފައްދައި އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.