މާލޭގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކޮށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު ބަސްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފި އެވެ.

މި ބަސްތައް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން ފާހަގަކޮށް އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް ވަނީ މިބަސްތަކުގެ ފޮޓޯތަކެއް ޓްވީޓް ކޮށްފައެވެ.

Ad
rt

އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމާ އެއްގޮތަށް ގެނައި ބަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ބަސްތަކުގެ ދަތުރުތައް ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ 15 ބަސް ގެނައުމަށްވަނީ ހަމަޖެހިފަ އެވެ.