ރ. އުނގޫފާރު ހޮސްޕިޓަލުގައި އުފަންވާ ކޮންމެ ކުއްޖަކަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދޭންފަށައިފި އެވެ.

މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއަދުން ފެށިގެން އެ ހޮސްޕިޓަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ލިބޭނެއެވެ.

Ad
rt

“އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕެއިންގެ ތެރެއިން ފުވައްމުލައް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ޓްރީޓޮޕް ގައިވެސް ވެސް ދަނީ މިކެމްޕެއިން ކުރިއަށްގެންދަމުންނެވެ.

އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އެވެ. އެ ގިފްޓް ހެމްޕާގައި ހިމެނެނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ތުއްތު ކުދިންނަށް ހާއްސަ އުފެއްދުންތަކެެވެ.