ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރައަށް ބަދަލުގެންނަން ނިންމަވާފައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިރޭ ވިދާޅުވީ، ‏ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން 2022 މޭ 1 އިން ފެށިގެން އެ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ވެސް "ދައުލަތުގެ ޕޭ ފްރޭމް ވާރކް" އަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައުލީމީދާއިރާގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުން ހިމެނޭހެން އެދާއިރާގެ މަަސައްކަތްތެރިންނަށް ލިބޭ ޖުމްލަ އުޖޫރަ ބޮޑުކޮށްފައެވެ.