އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުންގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއީ އެ މުބާރާތުގައި ފައިނަލަށް ދަތުރު ކުރި ހުސް އަންހެން މެމްބަރުން ހިމެނޭ ހަމައެކަނި ޓީމެވެ. އެ ޓީމަކީ ދެވަނަ ހަފްތާގައި މޮޅު ހޯދި ޓީމުވެސްމެއެވެ.

Ad
rt

ސްޓެލްކޯ ކަނބަލަުންގެ ޓީމުން ވަނީ އުރީދޫ މަސްރޭހުގެ ތާރީހުގައި އެންމެ ގިނަ ސްކޯ ހޯދި ޓީމުގެ މަގާމުވެސް ހޯދާފައެވެ.

މިރޭ ކުރިއަށްދިޔަ ފައިނަލުގައި ސްޓެލްކޯ ކަނބަލުންނާ ތިން ޓީމަކުން ވަނީ ވާދަ ކޮށްފައެވެ. އެއީ މުބާރާތުގެ ފުރަތަމަ ހަފްތާގައި އެއްވަނަ ހޯދި ގޯޅިއަންސް އާއި ތިންވަނަ ހަފްތާގައި އެއްވަނަ ހޯދި އެފްއެސްއެމް އަދި ހަތަރު ވަނަ ހަފްތާގައި އެއްވަނަ ހޯދި ކެޔޮޅު ބައްޕި ޓީމެވެ.

އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމަށް ވަނީ 50،000ރ. ގެ ފައިސާގެ އިނާމު ދީފައެވެ.