މިއަދާއި މާދަމާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ ކޯލްސެންޓަރު މި ދެދުވަހު ބަންދު ކުރަން ނިންމީ އީދާ ގުޅިގެންނެވެ.

Ad
rt

ކޯލްސެންޓަރު ބަންދުވި ނަމަވެސް ކަސްޓަމަރުންނަށް މި ދެ ދުވަހު ވެސް ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

އެ ކުންފުނިން ބުނީ ކުނި ނުނަގާ ހުރި ނަމަ ނުވަތަ އެ ނޫންވެސް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާނަމަ އޮންލައިންކޮށް އެކަން ކުރެވޭނެ ކަމަށެވެ.

ކޯލްސެންޓަރު ބަންދުވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ވެމްކޯއިން ވަނީ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފައެވެ.