ބޭނުންވާ ތަކެތި

  • 2 ފަރާޓާ
  • 1 ސައި ސަމްސާ މުގުރި އަސޭމިރުސް
  • 1 ސައި ސަމްސާ މުގުރި ދިރި
  • 1 ސަމްސާ ލުނބޯ ހުތް
  • ރަހަލާވަރަށް ލޮނު
  • 1 ސަމްސާ ތެޅި މިރުސް

Ad
rt
  • 1 ޖޯޑު ބޯންލެސް ޗިކަން
  • 1/2 ޖޯޑު ކެބެޖު (ކުދިކޮށް ކޮށާފައި)
  • 1/2 ޖޯޑު މެރިޓް (ކުދިކޮށް ކޮށާފައި)
  • 1/2ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)
  • 4 ސަމްސާ މަޔޮނައިޒް
  • 2 ސަމްސާ ޗިލީ ސޯސް

ތައްޔާރު ކުރާނެ ގޮތް

ބޯންލެސް ޗިކަން، ތެޅި މިރުސް، ދިރި، އަސޭމިރުސް، ހުތް، ލޮނު އެއްކޮށްލާފި މެރިނެޓް ކޮށަލަން 15 މިނެޓް ބަހައްޓާށެވެ.

މެރިނެޓް ވީމަ ތަވަޔަކައް ތެޔޮފޮދު އަޅާފަ ހޫނު ވީމަ ކުކުޅު ކޮޅު މަޑު ގިނީގައި ހަނާކޮށްލާށެވެ. މަތި ޖެހީމަ އަވަހަށް ރޯފިލާނެ އެވެ. މަތި ޖެހި ނަމަވެސް ދޭތެރެ ދޭތެރެއިން ހާކަން ވާނެއެވެ.
ކުކުޅު ކޮޅު ތައްޔާރުވީމާ، ކުކުޅު ކޮޅު ތައްޓަކަށް އަޅާލާފައި ބާކީ ހުރި ހުރިހާ އެއްޗެހި ކުކުޅު ކޮޅާ އެއްކޮށްލާށެވެ.

ފަރާޓާ ފިހެލާށެވެ. ފިހާނީ މަޑުމަޑުން ކާރިފަށުގަ ދޭފަތުން ފިއްތަމުންނެވެ. ފިހެވުނީމަ މެދުން ދެފަޅިޔައް ކަފާލާށެވެ. ކަފާލީމަ އެތެރެ އޮންނާނީ ހުޅުވިފައެވެ.

ތައްޔާރުކުރި މަސްގަނޑު ފަރާޓާ އެރެއަށް އަޅާފަ ފުރާކޮލީމަ ހުންނާނީ ތައްޔާރު ވެފައެވެ.