ބޭނުންވާ ތަކެތި

  • 3/4 ދަޅު ގެރިކިރު
  • 2 ދަޅު ނެސްލޭ ކްރީމް
  • 1/2 ޕެކެޓް މާރީ ބިސްކޯދު
  • 6 ފެރާރޯ ޗޮކްލެޓް
  • 1/2 ޖޯޑު ކިރު (ބިސްކޯދު ފޯކޮށްލަން)
  • 1 ސައިސަމްސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެގޮތް

Ad
rt

ބަތްކާ ތައްޓާކަށް ކިރުތަށި އެޅުމަށްފަހު ބިސްކޯދުތައް ފޯކޮށްލާށެވެ.

ބިސްކޯދު އަދި ޗޮކްލެޓް ފިޔަވާ ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. އެއަށްފަހު ޓްރޭއެއްގައި ލޭޔާއެއް ވާގޮތަށް ބިސްކޯދު އަތުރާލާފައި މައްޗަށް ގިރާފައި ބެހެއްޓި ކްރީމް ގަނޑުން ލޭޔާ ވާގޮތަށް އަޅާލާށެވެ.

މިގޮތަށް 3 ލޭޔާ އަތުރާލާށެވެ. އެންމެ ފަހުން އަޅާލި ކްރީމް ލޭޔާ މައްޗަށް ބޭނުންވަރަކަށް ފެރާރޯ ޗޮކްލެޓް ކުޑަކޮށް ފުނޑުވާލުމަށްފަހު އަޅާލުމުން ހުންނަނީ ފެރާރޯ ބިސްކިޓް ޕުޑިން ތައްޔާރު ވެފައެވެ.

ފްރިޖުގައި 2 ގަޑި އެއްހާއިރު ފިނިކުރަން ބެހެއްޓީމާ ވަރަށް މީރުވާނެ އެވެ.