އދ.ފެންފުށީގައި ސަރުކާރުން ގާއިމް ކުރާ ފެނުގެނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންވެސް ބައިވެރިވިއެވެ.

Ad
rt

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ހަ މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު ނިންމައި ހަވާލު ކުރާ ގޮތަށެވެ.