ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމަންޓްގެ ޕްރޮފައިލިން މަސައްކަތްތައް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް ފެށީ 23 އޭޕްރީލް 2022 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކައި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް 23 އޭޕްރީލް 2022 ވަނަ ދުވަހު ފެށިއްޖެ. #MTCCProjects #RayyithungeKunfuni pic.twitter.com/RYv9sglevs
— MTCC Plc (@MTCCPlc) April 27, 2022
މިއީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!