ކުނިކެހުމުގެ ވަޒީފާއަށް 50 މީހަކު ހޯދަން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއުލާންކޮށްފިއެވެ.
އިއްޔެ އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެއީ ހުޅުމާލެ ކަހައި ސާފު ކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުން ކަމަށެވެ. އެ މަގާމަށް ހޮވޭ މީހަކަށް މަހަކު 8000ރ. ގެ މުސާރައެއް ލިބޭނެއެވެ.
މަގާމަށް އެދި ހުށައަޅާ ފޯމް އަދި ލިޔެކިޔުންތައް ބަލައިގަންނާނީ މއ. ޖަންބުގަސްދޮށުގެ ދެވަނަ ފަންގިފިލާއިންނެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 ހަމައަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބަލައިގަންނާނީ ފުރަތަމަ ހުށަހަޅާ 100 ފޯމު ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!