ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ މަސައްކަތް ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 24 އޭޕްރީލް 2022 ވަނަ ދުވަހު ފަށައިފި.#MTCCProjects #RayyithungeKunfuni pic.twitter.com/RkwKVaWQYL
— MTCC Plc (@MTCCPlc) April 26, 2022
މިއީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!