ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

Ad
rt

އެ މަޝްރޫއުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.