މެސީ ޖަހައިދިން ގޯލުން 1-1 ގެ ނަތީޖާއިން ރޭސިން އާއި އެއްވަރުވެ ޕީއެސްޖީން 10 ވަނަ ފަހަރަށް ލީގު ޓައިޓަލް ހޯދައިފިއެވެ.

މިއީ ކޯޗިންގް ކެރިއަރުގައި މަތީ ފަންތީގެ ލީގެއްގެ ޓައިޓަލް ޕޮޗެޓީނޯ ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސްޕެއިން އަދި އިނގިރޭސި ލީގް ގައި މަސައްކަތް ކޮށްފައިވާ ޕޮޗެޓީނިއޯ އަށް ލީގް ހޯދިފައެއްނުވެއެވެ.

Ad
rt

10 ވަނަ ފަހަރަށް ޕީއެސްޖީން ލީގު ޓައިޓަލް ކާމިޔާބުކުރީ ހޮނިހިރު ދުވަހުގެރޭ ރޭސިން އާއި ވާދަކޮށް 1-1 އިން އެއްވަރުވެގެންނެވެ. މިހާތަނަށް ކުޅުނު 34 މެޗުން ޕީއެސްޖީ ވަނީ 78 ޕޮއިންޓު ހޯދާފައެވެ.

ދެވަނައިގައި އޮތް މާސޭ އަށް 33 މެޗުން ލިބެނީ 62 ޕޮއިންޓެވެ. ޕީއެސްޖީ އަށް ބާކީ ލީގުގައި އަދި 4 މެޗް ބާކީ އެބަ އޮތެވެ. މެޗުން ބަލިވި ރޭސިން އޮތީ 34 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައި ގައެވެ.

ނޭމާ ދިން ޕާހަކުން އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ފުރަތަމަ ގޯލް 68 ވަނަ މިނެޓް ގައި ޕީއެސްޖީ އަށް ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީ އެވެ. އަދި މެޗުގައި ލެންސް އިން ޖެހި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޮރެންޓިން ޖީން އެވެ.

މިއީ މެސީގެ ކެރިއަރުގައި ބާސާ ނޫން ކުލަބެއްގައި ލީގު ޓައިޓަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ 10 ސީޒަންގައި ޕީއެސްޖީއިން ލީގް ޓައިޓަލް ކާމިޔާބު ކުރި 8 ވަނަފަހަރެވެ.