އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން 3-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކޮށް ތާވަލްގެ 4 ވަނައަށް އާސެނަލް ޖެހިލައިފިއެވެ.

މެޗު ފަށައިގެން 3 ވަނަ މިނެޓް ގައި ނުނޯ ޓަވާރެސް ގެ ގޯލުން އާސެނަލް ވަނީ ލީޑް ނަގާފައެވެ. އާސެނަލް ލީޑް ފުޅާކުރީ މެޗުގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބްކާޔޯ ސަކާ އެވެ.

Ad
rt

އޭގެ ދެމިނެޓް ފަހުން މަޓިޗް ނަގައިދިން ހުރަސް ގޯލް ތެރެއަށް ވައްދާލާ ރޮނާލްޑޯ މެޗްގެ ފަރަގު ކުޑަކޮށް ދިނެވެ. ފުރުތަމަ ހާފް ނިމުނީ 2-1 އިން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ގެ ކުރީކޮޅު ނަތީޖާ ހަމަ ހަމަ ކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ބުރޫނޯ ފެނާންޑޭސް އަށް ށެވެ. 55 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ ފެނާންޑޭސް ފޮނުވާލުމުން އަރިމަތި ދަޑީގައި ޖެހިފަ ދިޔައީ ބޭރަށެވެ.

އެއިގެ 6 މިނެޓް ފަހުން ރޮނާލްޑޯ ޖެހި ގޯލް ވަނީ އޮފްސައިޑް ކަމަށް ނިއްމާފައެވެ. މެޗުގެ 70 ވަނަ މިނެޓް ގައި ގްރެނިޓް ޒަކާ ޖަހައިދިން ހިތްގައިމު ގޯލުން އާސެނަލް މި މެޗުން 3 ޕޮއިންޓް ޔަގީން ކުރިއެވެ.

މެޗުންވީ ބައްޔާއެކު ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. އެގޮތުން މިހާތަނަށް ކުޅުނު 34 މެޗުން 54 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ހަވަނައެވެ.

މެޗުން މޮޅުވީ އާސެނަލް އަށް 33 މެޗުން 60 ޕޮއިންޓާއެކު ލިބެނީ ހަތަރުވަނައެވެ.

ލީގުގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު 5-1 ގެ ނަތީޖާއިން ވޮޓްފޯޑް ބަލިކޮށް ސިޓީ ވަނީ ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ހަތަރު ޕޮއިންޓްގެ ލީޑެއް ސިޓީއަށް ލިބެނީ ދެވަނައިގައިވާ ލިވަޕޫލް އަށް ވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ.
މި މެޗުގައި ސިޓީ ގެ ގޯލް ތަށް ޖަހައިދިނީ ޖީސަސް އަދި ރޮޑިރީ އެވެ.

ޖީސަސް ވަނީ މެޗްގައި 4 ގޯލް ޖަހާފައެވެ. މީގެ ތެރެއިން 1 ގޯލް ޖަހާފައިވަނީ ޕެނަލްޓީ އަކުންނެވެ. ވޮޓްފޯޑް ގެ ހަމަ އެކަނި ގޯލް ޖަހައިދިނީ ކަމަރާއެވެ. ވޮޓްފޯޑް އޮތީ ރެލިގޭސަން ޒޯން ގެ ތާވަލްގެ 19 ވަނައިގައެވެ.

ލެސްޓާ ސިޓީ އަދި އެސްޓަންވިލާ މެޗް ނިމުނީ ލަނޑެއް ނުޖެހި 2 ޓީމް އެއްވަރު ވެގެންނެވެ. ތާވަލްގެ 10 ވަނައިގައި ލެސްޓާ އޮތްއިރު އެސްޓަންވިލާ އޮތީ 15 ވަނައިގައެވެ.
ނޯވިޗްސިޓީ 3-0 ގެ ނަތީޖާއިން ބަލިކޮށް ނިއުކާސަލް ވަނީ ތާވަލްގެ 9 ވަނަ އަށް ޖެހިލާފައެވެ. ނޯވިޗްސިޓީ އޮތީ ތާވަލްގެ އެންމެފުލުގައެވެ.

މި މެޗުގައި ގޯލްތަށް ޖަހައިދިނީ ޖޯލިންޓަން އަދި ބުރޫނޯ ގިމަރޭސް އެވެ. މީގެ ތެރެއިން ޖޯލިންޓަން ވަނީ ދެގޯލް ޖަހާފައެވެ.

ބްރެންޓްފޯޑާއި އެއްވަރުވުމުން ޓޮޓެންހަމް ތާވަލްގެ ހަތަރުވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލި މިވަގުތު އޮތީ ތާވަލްގެ 5 ވަނައިގައެވެ. ބްރެންޓްފޯޑް ވަނީ ތާވަލްގެ 11 ވަނަ އަށް ޖެހިލާފައެވެ.
މި މެޗް އެއްވަރުވީ އެއްވެސްޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ.