އިޓަލީ ކަޕްގެ ސެމީގައި އޭސީ މިލާން މައްޗައް 3-0 ގެ ނަތީޖާއިން ކުރި ހޯދާ އިނަޓަމިލާން ފައިނަލްގެ ފުރތަަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
މާޓިނޭޒް ވަނީ ދެގޯލް ޖަހާފައެވެ. 4 ވަނަ މިނެޓް ގައި ޑާމިއަަންގެ އެހީތެރިކަމާއކު ޖެހިއިރު ދެވަނަ ގޯލް 40 ވަނަ މޮނެޓ ގައި ޖެހީ ކޮރެއާގެ އެހީތެރިކަމާއެކުގައެވެ. ތިންވަނަ ގޯލް ބޮރޮޒޮވިޗް ގެ އެހީތެރިކަމާއެކު 82 ވަނަ މިނެޓް ގައި ޖަހައިދިނީ ގޮސެންސް އެވެ.
ދެ ޓީމްގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނުނު މި މެޗުގައި އޭސީ މިލާނުން ގޯލާ އަމާޒް ކޮށް 5 ހަމަލާ އަދި އިންޓަމިލާން ގޯލާ އަމާޒް ކޮށް 4 ހަމލާއެއްވަނީ ފޮނުވާލާފައެއެވެ.
12 އަހަރަށްފަހު ފައިނަލް އަށް ދަތުރުކުރި އިންޓަމިލާން ބައްދަލު ކުރަން ޖެހޭނީ ބުދަދުވަހުގެރޭ ފިއޮރެންޓީނާ އަދި ޔުވެންޓަސް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެޓީމް ގެ ފުރަތަމަ ކުރިމަތިލުން ނިމުނީ 1-0 ގެނަތީޖާއިން ޔުވެންޓަސް މެޗް ކާމިޔާބު ކޮށްގެންނެވެ.
މި އަހަރު 100 އަހަރު ފާހަގަ ކުރާ މި މުބާރާތުގެ އެންމެ ކާމިޔާބް ޓީމަކީ ޔުވެންޓަސް އެވެ. ޔުވެންޓަސް ވަނީ ޖުމްލަ 14 ފަހަރު މި މުބާރަތް ކާމިޔާބް ކޮށްފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީވެސް ޔުވެންޓަސް އެވެ. މި މުބާރާތުގެ ފައިނަލް އޮށްނާނީ އަންނަމަހު 11 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!