ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންނަށް ދެމުން އަންނަ ހައްޖާއި އުމްރާގެ ދަތުރު މިއަހަރު ހަތަރު މުވައްޒަފަކަށް ދީފިއެވެ.

މިއީ މެދުކެނޑުމަކަށްފަހު އެ ފުރުސަތުތައް ސްޓެލްކޯއިން އަލުން ދޭން ފެށި އަހަރެވެ. އެގޮތުން ދެ މުވައްޒަފަކަށް އުމްރާ ދަތުރު އަދި ދެ މުވައްޒަފަކަށް ހައްޖު ދަތުރު ވަނީ ދީފައެވެ.

Ad
rt

އުމްރާގެ އަޅުކަމަށް ފުރުސަތު ލިބުނީ އެކުންފުނީގައި ފަސް އަހަަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކ. ވިލިނގިލި އަވަށު އިންޖީނުގޭގެ މުވައްޒަފެއް ކަމަށްވާ އަބްދުﷲ ޝަފީގާއި ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިން އަށެވެ. އަދި ހައްޖުގެ އަޅުކަން އަދާ ކުރަން ފުރުސަތު ލިބުނީ އެކުންފުނީގައި 15 އަހަރު މަސައްކަތް ކޮށްފައިވާ ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރާއި ކަސްޓަމަ ސާވިސަސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދު އަށެވެ.

މުވައްޒަފުންނާ ލިޔުން ހަވާލު ކުރެއްވީ ރަމަޟާން މަސް އިހްޔާ ކުރުމަށާއި، އެ ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ރޭ ބޭއްވި ތަރާވީހުގައެވެ. އެ ތަރާވީހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.