ސީލައިފްގެ ވެރިޔާ އަހުމަދު މޫސާގެ މައްސަލަ ކޯޓުން ނިމެންދެން، އެ މައްސަލައާ ގުޅޭގޮތުން ދައުލަތުގެ ވެރިން ވާހަކަ ނުދައްކަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އައްމަޓީގެ މައްސަލާގައި ޕީޖީ ހުސައިން ޝަމީމް އަމިއްލަ ބްލޮގާއި ޓްވިޓާގައި ލިޔުއްވާތީ އައްމަޓީގެ ވަކީލުން ވަނީ އެކަން ހުއްޓުވައި ދިނުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދިފަ އެވެ. އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

Ad
rt

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ކުށެއް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް މައުސޫމް މީހަކަށް ވާތީ އެ މައްސަލަ ކޯޓުން ނިމެންދެން ދައުލަތުގެ އިސް ބޭފުޅުން އެ މައްސަލައާ ގުޅޭ ވާހަކަ ނުދައްކަން އަމުރުކުރާ ކަމަށެވެ.

އެ އެންގުމާ ޚިލާފްވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.