ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މުސާރަ ނުލިބޭ ގޮތަށް ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީން ސުލޫކީ ފިޔަވަޅެއްގެ ގޮތުން އަލީ އާދަމް ސަސްޕެންޑްކުރީ ގިނަ މައްސަލަތަކަކާ ގުޅިގެންނެވެ. އެއީ އޭނާ އިސްވެ ހުންނަވައިގެން ޖަމްއިއްޔާއެއް އުފެއްދުމާއި އެ ޖަމްއިއްޔާގެ ކަންކަމުގައި ބައިވެރިވުމާއި އެ ޖަމްއިއްޔާއިން ހިންގި ސިޔާސީ ހަރަކާތެއް ކަމަށް ބެލެވިދާނެ ހަރަކާތެއްގައި އޭނާ ބައިވެރިވުމެވެ.
ތަފްރީގު ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށް ދިނުމުގައި ފަރުވާ ކުޑަކުރުން ވެސް އޭނާގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޖޭއެސްސީން ބުންޏެވެ.
އިއްޔެއިން ފެށިގެން އޭނާ ސަސްޕެންޑް ކޮށްފައިވާތީ މުޅި ހދ. ޖުޑީޝަލް ދާއިރާ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!