އަންނަ މަހުން ފެށިގެން ހިޔާ ފްލެޓުތަކުން ކުނި ނަގަން ބިލް ކުރަން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބިލު ކުރަން ފަށާނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން، ކޮންމެ އެޕާޓްމަންޓަކުން ކުނި އުކަން މަހަކު 150ރ. ދައްކަން ބިލު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ކުނި ނަގަން ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ބިލާއި އެކައުންޓުގެ ތަފްސީލު އެސްއެމްއެސްގެ ޒަރީއާއިން ފޮނުވާނެއެވެ. ރަޖިސްޓްރީ ނުކުރާ ފްލެޓުތަކުންވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ބިލު ކުރަން ފަށަން ވެމްކޯއިން ނިންމީ މިހާރު ހިޔާ ސަރަހައްދުގައި ގިނަ އާއިލާތަކެއް ދިރިއުޅެން ފަށާފައިވާތީއެވެ.
ދެވަނަ ފިޔަވަހީގެ ގެތަކަށް ވެމްކޯއިން ފޯރުކޮށްދެނީ ދުވަހު ކުނި ނެގުމުގެ ހިދުމަތެވެ. އެހެންވެ، ބަރު އަދި ބޮޑެތި ކުނި ނަގަން އެ ކުންފުނީގެ “ކޯލް އެންޑް ޕިކަޕް” ހިދުމަތް ހޯދަން އެ ކުންފުނިން އެދެއެވެ.
ވެމްކޯއިން ދޭ ހިދުނަތްތަކާ ގުޅޭ މައުލޫމާތު 1666 އަށް ގުޅައިގެން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!