ހުޅުމާޅޭގެ ރެސްޓޯރަންޓްގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.

ފުލުހުން މީޑިޔާތަކަށް މަޢުލޫމާތުދެމުން ބުނީ، ހުޅުމާލެ ރެސްޓޯރަންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިގެން މިހާރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

އެއީ ކޮން ރެސްޓޯރަންޓެއް ކަމަށާއި ޒަހަމްވި މީހާއަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އެ ހަަމަލާ ދީފައި ވަނީ ހުޅުމާލޭގައި ހުންނަ، ޚާންޖީ ރެސްޓޯރެންޓުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ފަހުން ބުނެފައިވަނީ، މި ހާސިދާގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.

އެ ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ މީހެކެވެ. މަރުވެފައި ވަނީ އެ ރެސްޓޯރެންޓުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގުލަދޭސް މީހެކެވެ.