ތިލަފުށި ދެ ގުނަ ބޮޑުކުރުމުގެ މަޝްރޫއަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން ބަޔަކު ހޯދަން އެޗްޑީސީން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ލިބޭނެއެވެ.

Ad
rt

އެ މަސައްކަތް ހަވާލު ކުރާއިރު މާލީ ފުދުންތެރިކަމާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން މަޝްރޫއު ނިންމަން ހޭދަވާ މުއްދަތަށް ބަލާނެއެވެ.

އެޗްޑީސީން ތިލަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގައި އެ ރަށުން ގާތްގަނޑަކަށް 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ.

އަލަށް ހިއްކާ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭނެއެވެ.