އދ. ބޮޑުކާށިހުރާ އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓާލުމުގެ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރު 100 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައި ހުރި ބޮޑުކާށިހުރާ އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވަން އެދުނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ކުންފުނިން މިލޭނިއަމް ކެޕިޓަލްސްއިންނެވެ. މިލޭނިއަމްއިން 2014 ވަނަ އަހަރު އެރަށް 50 އަހަރަށް ކުއްޔަށް ހިފާފައި ވަނިކޮށް ސަރުކާރުން އޮތީ އެރަށް އަތުލައިފަ އެވެ.

Ad
rt

އެ މައްސަލާގައި އެ ކުންފުނިން ކުރި ދައުވާ ނިމެންދެން އެރަށް އެހެން ބަޔަކަށް ނުދޭން އަމުރެއް ނެރެދޭން އެދުމުން ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެ އަމުރު ނުނެރުމުން މިލޭނިއަމް ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ ކަންކަން އެ މައްސަލާގައި ފުރިހަމަ ނުވާތީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ބޮޑުކާށިހުރާ މިހާރު އޮތީ އދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.