ބޭނުންވާ ތަކެތި
- 1 ކިލޯ ކެރެޓް
- 500 ގުރާމް ހަކުރު
- 100 ގުރާމް ކެޝުލް ނަޓް (ކޮށާފަ)
- 100 ގުރާމް ހިކި މޭބިސްކަދު
- 1 ތަށި ކިރު
- ބަޓަރު ކޮޅެއް
- ކުޑަ ތެޔޮ ފޮދެއް
- ބައި ސަމްސަލެއްގެ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ރީއްޗަށް ކެރެޓް ދޮވެލާފަ ހިމުންކޮށް ގާނާލާށެވެ.
ރީއްޗަށް ހާކާލެވޭވަރު ތެއްޔެއް ހޫނު ކޮށްލުމަށް ފަހު ބަޓަރ އަޅާފަ ކުޑަ ތެޔޮ ފޮދެއް އަޅާ ބަޓަރ ކޮޅު ވިރުވާލާށެވެ. ގޭނި ކެރެޓް އަޅާފަ މަޑު ގިނީގައި މަތި ޖަހާފަ ބަހައްޓާށެވެ. މިހެން ބަހައްޓާއިރު ކެރެޓް ކޮޅު މަޑުވަންދެން ހާކަމުން ދާށެވެ. ދެން މަޑު ވުމުން ކިރު ތަށި އަޅާފަ ހާކަމުން ދާށެވެ. ދޭތެރެ ދޭތެރެއިން މަތި ޖަހާފަ ކައްކަމުން ހާކާލަން ވާނެ އެވެ.
ކިރުތައް ކެކިލުމުން ބައި ސަމްސަލެއްގެ ވެނީލާ އެސެންސް އާއި ހަކުރު އަޅާފަ ހާކަމުން ގޮސް މަޑު ގިނީގައި ހިންދާލާށެވެ. ހިކި މޭބިސްކަދުރާއި ކެޝުލް ނަޓްސް، ހަނާކޮށްލުމަށް ފަހު ހަލުވާއާއި އެއްކޮށްލުމުން އެހުރީ ކެރެޓް ހަލުވާ ތައްޔާރުކުރެވިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!