ރާއްޖެއަށް ގެނައި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ.

2020 ވަނަ އަހަރު ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރުމުގެ އިސް މީހުން ކަމަށް ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ ބޭސްފަރުވާއަށް ދެ މަސް ދުވަހަށެވެ.

Ad
rt

އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަން ޕީޖީ އޮފީހުން މީޑިއާތަކަށް ކަށަވަރުކޮށްދިނެވެ.

ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލަން އަމުރުކުރީ ޝަރުތުތަކާ އެކު އެވެ. އެއީ މާލެއިން ބޭރަށް ނުދިއުމާއި ކޯޓަށް އެއްބާރުލުން ދިނުމުގެ އިތުރުން ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމެވެ.