ރާއްޖެ އެތެރެކުރި 130 ކިލޯ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

2020 ވަނަ އަހަރުގެ ފަހުކޮޅު ކަންނެލި ދޯންޏެއްގައި އެތެރެކުރި މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން އަމުރުކުރީ ބޭސްފަރުވާއަށްޓަކަ އެވެ.

Ad
rt

ކޯޓުން އެގޮތަށް ނިންމީ ޝަރުތު ކުރުމަށްފަހު އަދި ދެ މަސް ދުވަހަށެވެ. ކުރި ޝަރުތަކީ މާލެއިން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމުގެ އިތުރުން ކޯޓަށް އެއްބާރުލުން ދިނުމެވެ.

ޝަހީބާއި މޫސަގެ ބަންދު ދަމަހައްޓަން ދައުލަތުން އެދުނެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ބޭސްފަރުވާއާ ގުޅިގެން އެ ދެ މީހުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު އަދި ފަރުވާގެ ކަންކަމަށް ދައުލަތަށް ކުރިން ފުރުސަތު ދެވިފައިވާތީ އެކަމަށް ވެސް ބެލުމަށްފަހު ދޫކޮށްލުމަށެވެ.