ކަނޑު ފަޅުތަކުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރުމަށް ހުއްދައަށް އެދި ހުށަހެޅުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، ކަނޑު ފަޅުތަކާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް އެ ނިސްޓްރީން ދޫކުރާ ހުއްދައަށް އެދުމުގެ ކަންކަން ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ އޮންލައިން ޕޯޓަލެއް ލޯންޗްކޮށްފައިވާ ކަމަށެވެ.
މި ޕޯޓަލްއަކީ ކަނޑުގެ ވެށްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުކޮށް، މިގޮތުން ހޯދޭ މަޢުލޫމާތާއި ޢިލްމް އިތުރަށް މުއްސަނދިވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށް ވެސް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ފާހަގަކުރަށްވާފައެވެ.
މި ޕޯޓަލްއަކީ ކަނޑުގެ ވެށްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުކޮށް، މިގޮތުން ހޯދޭ މަޢުލޫމާތާއި ޢިލްމް އިތުރަށް މުއްސަނދިވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް. https://t.co/GU5PObHrpj
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 1, 2022
މިޕޯޓަލް އަކީ ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) ގުޅިގެން ތަންފީޒުކުރަމުންދާ "ރީޖެނަރޭޓް" މަޝްރޫޢުގެ ތެރެއިން ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!