ސައޫދީ އަރަބިއްޔާއަށް މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ.

ސައޫދީގެ ރަސްމީ މީޑިއާ، ސައޫދީ ގެޒެޓުއިން ބުނެފައި ވަނީ އެ ޤައުމުގެ ބައެއް ސަރަހައްދުތަކަށް ހަނދު ފެނުމާއެކު މާދަމާއަކީ އެ ޤައުމަށް ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

Ad
rt

މިރޭގެ އިޝާނަމާދަށްފަހު ތަރާހު ނަމާދު ކުރުން އެ ޤައުމުގައި އޮންނާނެ ކަމަށް ވެސް ސައޫދީ ރަސްމީ މީޑިއާގައި ބުނެފަވެއެވެ.

މިއަހަރުގެ ރޯދަމަގުގެ ފުރަތަމަ ދުވަހަކީ މާދަމާކަމަށް ސައޫދީން ނިންމިއިރު، ބައެއް ޤައުމުތަކުން ރޯދަމަގުގެ ފުރަތަމަ ދުވަހަކީ މާދަމާ ނޫން އަނެއް ދުވަސްކަމުގައި ވަނޫ އިއުލާން ކޮށްފައެެވެމ އެ ގައުމުތަކުގެ ތެރޭގައި، މެލޭޝިއާ، އިންޑޮނޭޝިޔާ އަދި ބުރޫނާއީ ފަދަ ޤައުމުތައް ހިމެނެއެވެ.