އުރީދޫ މޯލްޑިވްސް އިން އާ ބަދަލަކާއެކު އެ ކުންފުނީގެ ރޯދަ ކެމްޕޭން ފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ރޯދަ ލެމްޕޭނެއް ތައާރަފު ކުރާއިރު އާއްމު އެ ކެމްޕޭން ހާއްސަ ކުރަނީ ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކި އެކަކު އަނެކަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާއެކުއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ކެމްޕޭން ހާއްސަ ކުރީ ކަނޑޫދޫ މިރުހަށެވެ.
އުރީދޫ އިން މި ކެމްޕޭންގައި އެންމެ އިސްކަމެއް ދީފައިވަނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، އެ ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށެވެ.
އެ ކެމްޕޭން މިއަދު އިފްތިތާހުކޮށްފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި، ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލްޙަމާދީއެވެ.
ދިވެހި މި މިރުހުގެ މަގްބޫލުކަމާއި ހާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ ގުޅިގެން އުރީދޫ ގެ ރަމަޟާން ކެމްޕެއިން ގެ ދަށުން އެ މިރުހަށް ހާއްސަ ބްރޭންޑެއް ތައާރަފްކުރިއެވެ. އޭގެ ތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭގޮތަށް ބްރޭންޑެއް ގާއިމް ކޮށްފާވަނީ ކަނޑޫދޫ ގެ ރައްޔިތުން އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ.
ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައެވެ. މި ހޮޓް ސޯސް ގެ ބާވަތްތަަައް ތަައްޔާރުކޮށްފައިވަނީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ކަަަނޑޫދޫ މިރުސް ވެބްސަަައިޓާއި އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ލިބޭނެއެވެ.
"We believe in the potential of #KandoodhooMirus, a sentiment that is echoed by the fans of the mirus across Maldives. It is because of this, we are joining hands with the Kandoodhoo community to further build Kandoodhoo Mirus as a globally renowned brand" CCO, Hussain Niyaz. pic.twitter.com/wHEuKZmeIm
— Ooredoo Maldives (@OoredooMaldives) March 31, 2022
2001 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައިވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައެވެ. ކަނޑޫދޫ މިރުހަަަކީ ތ.އަތޮޅު ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!