މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

“ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި އެ ކެމްޕޭން ފެށީ ކްރޮސް ރޯޑުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ.

Ad
rt

އެމްޕީއެލުން ބުނީ ވިަޔފާރި ބަނދަރުގައު މުދާ ކްލިއާކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަން ކުރުމުގައި ގިނަ ވަގުތު ހޭދަވާކަމަށާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބޭނުންވާ ހުއްދަ އަދި ސޮއި ހޯދުމަށް ހިދުމަތް ހޯދާ ފަރާތްތަކުން ދާން ޖެހުމަކީ އެ ކުންފުންޏަށް އަބަދުވެސް އަންނަ ޝަކުވާއެއް ކަމަށެވެ. އެހެންވެ ހިދުމަތް ހޯދާ ފަރާތުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށްޓައި، އެ ކުންފުނީގެ މެނޭޖުމަންޓާއި ބޯޑުން ގިނަ މަޝްވަރާތަކެއްކޮށް، ކުންފުނިން ދޭ ހިދުމަތްތައް ފަސޭހަކޮށް، އޮންލައިންކޮށް ދިނުމަށް ނިންމާފައިވާ ކަމަށާއި މިއީ އެ ނިންމުމުގެ ދަށުން ފެށި ކެމްޕޭނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތް ތައާރަފުކުރުމުގެ ކުރިން މުދާ ކްލިއާ ކުރަން ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަވާ ކަމަށާއި އެހެން ނަމަވެސް މި ގެނައި ބަދަލާއި އެކު އެ މަސައްކަތަށް ހޭދަވާ ވަގުތު 15 މިނެޓަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް އެމްޕީއެލުން ބުނެއެވެ. 

މި ބަދަލުގެ ސަބަބުން، ކޮންމެ ތަނެއްގައި ހުރެގެންވެސް، އީ ގޭޓް ފާހަށް އެދެވޭނެ ކަމަށާއި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރާއި ހަމަޔަށް އެ ކުންފުނި 99 އިންސައްތަ ކަރުދާހަށް ބަރޯސާ ނުވާ ކުންފުންޏަކަށް ހެދުން ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

މީގެއިތުރުން، ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިން ބިޒްނަސް" ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމު ތެރޭގައި ރާއްޖެ ހިމެނުމަށް އެމްޕީއެލުން އަންނަނީ މަސައްލަތް ކުރަމުންނެވެށ މިހާރު ރާއްޖެ އޮތީ އެ ލިސްޓުގރ 147 ވަނައިގައެވެ.

އެމްޕީއެލްގެ މައި ބަނދަރު ޕޯޓަލް އަށް ޑޭޝްބޯޑް ("ކަސްޓަމާ ޕޯޓަލް)އެއްވެސް ރޭ ވަނީ ތައާރަފުކޮށްފައެވެ. މިއީ އެ ކުންފުނިން ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އެއްތަނަކުން ގެނައުމަށް ތައާރަފުކުރި ހާއްސަ ޕޯޓަލެއް ކަމަށާއި މި ތަނުން، އުޅަނދުފަހަރު އަންނާނެކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތާއި، މިހާރު ޕޯޓުގައި ހުރި އުޅަނދުފަހަރުތަކާއި، ކޮންޓެއިނާ ޑިސްޗާޖު ޑީޓެއިލްސް އާއި، މަހުންމަހަށް ޕޯޓުގެ ސްޓެޓިސްޓިކްސްގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.