މި ފަށާ ރޯދަ މަހު މާލެ އާއި ހުޅުމާލެއާއި ވިލިމާލެ އަދި އައްޑޫ އިން ކުނި ނަގާ ވަގުތުތައް ވެމްކޯއިން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ބުނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑު 8:00 އިން 12:00 އަށް ކަމަށެވެ. އަދި އައްޑޫގެ ހުޅުމީދޫ އިން ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުނި ނަގާއިރު އެ ސިޓީގެ އެހެން ރަށްތަކުން ކުނި ނަގާނީ ހެނދުނު 7:00 އިން 11:00 އަށެވެ.
މީގެ އިތުރުން އައްޑޫ ރަށްތަކުގައި ކޮމާޝަލް ކަލެކްޝަން ހިދުމަތް ހެނދުނު 7:00 އިން 11:00 އަށް، ހުކުރު ދުވަހު މެންދުރު 2:30 އިން ހަވީރު 5:00 އަށް ހިދުމަތް ދޭއިރު ހުޅުމީދޫގައި އެ ހިދުމަތް ދޭނީ ހުކުރު ދުވަހުގެ 2:00 އިން 5:00 އަށް އަދި އެހެން ދުވަސްތަކުގެ 9:00 އިން 4:00 އަށެވެ.
ރޯދަ މަހު ވެމްކޯގެ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަސްތަކުގައި ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
އެ ކުންފުނީގެ މައި އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އަދި ފްރަންޓް އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.
ވެމްކޯ ކޯލް ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި އެެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. އަދި ރޭގަނޑު 9:00 އިން ދަންވަރު 12:00 އަށެވެ. ހުކުރު ދުވަސްތަކުގައި ކޯލް ސެންޓަރުން ހިދުމަތް ދޭނީ ރޭގަނޑު އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!