އަންނަ ރޯދަ މަހު ބާއްވާ އުރީދޫ މަސްރޭހުގެ ޕާޓްނަރަކަށް ޑީޓެކް ކުންފުނި ހަމަޖައްސައިފިއެވެ.

ޑީޓެކް އަކީ އިޖީނާއި ޖެޓްސްކީފަދަ ތަކެތި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ވަނީ މަސްރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވާގެ އިންޖީނެއް ހުށަހަޅައިފައެވެ.

Ad
rt

މި އަހަރުގެ މުބާރާތުގައި 23 ޓީމަކުން ބައިވެރިވާނެއެވެ.

އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެއެވެ. އަދި އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މުބާރާތެކެވެ. އެ މުބާރާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެއެވެ.

މިއަހަރުގެ މުބާރާތް ބާއްވަނީ ކޯވިޑާ ގުޅިގެން އެ މުބާރާތް ނުބާއްވާތާ ދެ އަހަރު ފަހުންނެވެ.