މި ރޯދަ މަހު ދުނިޔޭގެ ބައެއް ގައުމުތަކުގެ މުސްލިމުން 20 ގަޑިއިރު ރޯދަޔަށް ތިބެން ޖެހޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

އިރު އަރާ ވަގުތު މިހާރުވެސް އެކި ގައުމުތަކަށް ތަފާތުވާއިރު އިރުއޮއްސޭ ވަގުތުވެސް ތަފާތުވެއެވެ. ރޯދަޔަކީ އިރު އެރީއްސުރެ އިރުއޮއްސެންދެން އަދާ ކުރަން ޖެހޭ އަޅުކަމަކަށްވާއިރު އެކި ގައުމުތަކުން ރޯދަޔަށް ތިބެން ޖެހޭ ވަގުތުވެސް ތަފާތުވެއެެވެ.

Ad
rt

ފަލަކީ އިލްމުވެރިން ކުރި ދިރާސާތަކުގައި އެންމެ ގިނަ ވަގުތު ރޯދަޔަށް ތިބެން ޖެހޭނީ ގްރީން ލޭންޑުގެ ނުކް ސަރަހައްދާއި ނޯވޭގެ އޮސްލޯ ސަރަހައްދާއި ފިންލެންޑުގެ ހެލްސިންކި ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނެވެ. އެއީ 20 ގަޑިއިރަށެވެ.

ގިނަ ވަގުތު ރޯދަޔަށް ތިބެން ޖެހޭ އެހެން ގައުމުތައް
- ސްޓޮކްހޯމް (ސްވީޑަން)، ބާލިން (ޖަރުމަން): 19 ގަޑިއިރު
- އޮޓާވާ (ކެނެޑާ): 17 ގަޑިއިރު
- ކޯޕެންހެގަން (ކެނެޑާ)، ވާސޯ (ޕޮލެންޑް)، ލަންޑަން (ޔޫކޭ)، ނޫރް ސުލްތާން (ކަޒަކަސްތާން): 18.5 ގަޑިއިރު
- ބްރަސަލްސް (ބެލްޖިއަމް)، ޒިއުރިކް (ސްވިޒަލެންޑް): 18 ގަޑިއިރު
- ބުޗަރެސްޓް (ރޯމޭނިއާ): 17.5 ގަޑިއިރު
- މޮސްކޯ (ރަޝިއާ)، ސޯފިއާ (ބަލްގޭރިއާ)، ޕެރިސް (ފްރާންސް)، ރޯމް (އިޓަލީ)، ކާބުލް (އަފްގާނިސްތާން): 17 ގަޑިއިރު
- މެޑްރިޑް (ސްޕެއިން)، ލިސްބޮން (ޕޯޗުގަލް)، އެތެންސް (ގްރީސް)، ބެއިޖިން (ޗައިނާ)، އަންކަރާ (ތުރުކީ): 16.5 ގަޑިއިރު
- ވޮޝިންޓަން ޑީސީ (ޔޫއެސް)، ޓޯކްޔޯ (ޖަޕާން)، ރަބަތު (މޮރޮކޯ)، އިސްލާމަބާދު (ޕާކިސްތާން): 16 ގަޑިއިރު
- ނިއު ދިއްލީ (އިންޑިއާ): 15 ގަޑިއިރު

ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކަށް މިއަހަރުގެ ރޯދަ މަސް ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ވަނީ ބުނެފައެވެ.

މުސްލިމް ގައުމުތަކުން ރޯދަ މަހުގެ ހަނދު ސާބިތު ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު އިންސާނާގެ ލޮލަށް ހަނދު ނުފެންނާނެއެވެ.

ހަނދު ސާބިތު ކުރާނީ ޓެލެސްކޯޕުގެ އެހީގައެވެ. ހަނދު ފެންނާނެ ކަމަށް ބަލަނީ ވެސް އެފްރިކާ ހިސާބުންނެވެ.

ދިވެހި ކަލަންޑަރުގައި ވެސް މިއަހަރުގެ ރޯދަ މަސް ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.