ރ އަތޮޅު އުނގުލު ކިޔާ ފަޅު ރަށެއްގައި ވަރަށް އަނިޔާވެރިކޮށް އައްސާފައިވާ ވެލައެއް ސަލާމަތްކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ކުރަންފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ވެލާ އޮތީ އުއްޑުން ފުރޮޅާލައި ގަހަކާލައި އޭގެ ދެ ފިޔަފަތްގަނޑުގައި ވާޖަހައި އައްސާފައެވެ. ވާހަޖަހާ އައްސާފައި ހުރި ތަން އޭގެ ފިޔަފަތްގަނޑުގެ ބުޑުދަށުން ހުރީ ކަނޑާ ވަދެފައެވެ.

Ad
rt

ރ. އުނގުލު އޮންނަނީ އެ އަތޮޅު އިފުރު އަދި އުނގޫފާރާ ދެމެދުގައެވެ. މިނިސްޓްރީން ވަނީ މިއަދު 1 ޖަހާއިރު މައްސަލަ އާ ބެހޭ ތަފްސީލް އާންމުކުރުމަށް ޕްރެސް ކޮންފަރެންސެއް އެ މިނިސްޓްރީގައި މިބާއްވާނެ ކަމަށް ބުނެފައެވެ.

ވެލައަކީ ރާއްޖޭގައި ހިމަޔާތް ކޮށްފައިވާ އެއްޗެކެވެ. ވެލާ ހިފާ މީހުންނަށް ގާނޫނީގައި ވަނީ ބޮޑެތި އަދަބު ކަނޑައަޅާފައެވެ.