ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ނަޞްރުﷲ މުޞްޠަފާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރަށްވައިފިއެވެ.

ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރަސްކުރެއްވުމަށްފަހު، ޑރ. ނަޞްރުﷲ މުޞްޠަފާ ޕީއެޗްޑީ ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)އިން ނެވެ.

Ad
rt

ސަޢޫދީގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ ޑިގްރީ ހެއްދެވުމަށް ފަހު ރާއްޖެ ވަޑައިގެން އެކިއެކި ވަޒީފާތަކުގައި އުޅުއްވަމުން، އުނގަންނަވައި ދެއްވަމުން ވެސް، ޑރ. ނަޞްރުﷲ ވަނީ ކިޔެވުން މެދުކަނޑާލެއްވުމެއްނެތި ގަދަ ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ޑރ. ނަޞްރުﷲ މިހާރު އައިއެމްޔޫއިން ޕީއެޗްޑީ ފުރިހަމަކުރަށްވާފައިވާއިރު، އެ ޔުނިވާސިޓީން ވަނީ އޭނާ އަށް ކޯސް ފުރިހަމަކުރެއްވިކަމުގެ ލިޔުން ވެސް ދެއްވާފައެވެ. އައިއެމްޔޫގެ ރަޖިސްޓާ އަޙްމަދު ރައޫފް ޢަބުދުﷲ ސޮއިކުރަށްވާފައިވާ އެ ލިޔުމުގައިވާ ގޮތުން ޑރ. ނަޞްރުﷲ ވަނީ އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްޓްލޭޓިވް ޕޮލިސީ ކޯހުގެ އެންމެހައި މޮޑިއުލްތަކެއް ފުރިހަމަކޮށް، ފާސްވެފައެވެ.

ޑރ. ނަޞްރުﷲ މުޞްޠަފާއަކީ މިހާރުވެސް އެވިޑްކޮލެޖް އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނިންމެވުމަށް މަސައްކަތްކުރައްވަމުންދާ ފަރާތެކެވެ. އަދި އޭނާ ގެންދަވަނީ އެވިޑް ކޮލެޖްގައި އުނގަންނަވައިދެއްވަމުންނެވެ.