ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު ހެކި ނެތް ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަލީ ސަމީރުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ކްރިމިނަލް ކޯޓަށް އަމުރުކުރި އެވެ.

ދަށު ކޯޓުގެ ނިންމުމުގައި ގޯސްތަކެއް ހުރި ކަމަށް ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެއްބަސްވެ ވަޑައިގަތަސް، އޭނާގެ ރައުޔަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ. އެކަމަކު ދައުލަތުން އެދިފައި އޮތީ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަމަށްވާތީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރަން އޭނާ ދެކޮޅު ހެއްދެވި އެވެ.

މި ނިންމުމާ އެކު، ކްރިމިނަލް ކޯޓުން އަލުން މަހްލޫފްގެ ޝަރީއަތް ފަށަން ޖެހޭނެ އެވެ. ދެން ކުރިއަށް ގެންދާނީ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން ކަމަށް ބެލެވެ އެވެ.