ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (އެސްޓް ރިކަވަރީ ކޮމިޝަން) މިއަދު އުވާލައިފިއެވެ.

ރައީސް އޮފީހުން އާންމުކުރެއްވި ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އުވާލައްވައްވާފައިވާ ކަމަށެވެ.

Ad
rt

އެ ކޮމިޝަނަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި 17 ނޮވެންބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އުފެއްދެވި ކޮމިޝަނެކެވެ.

މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފަވެއެވެ.

އެސްޓް ރިކަވަރީ ކޮމިޝަން މިއަދު އުވާލެއްވިއިރު ޤާނޫނީ ހުސްކަމެއްގައި އޮތް އޭސީސީއަށް މިއަދު ވަނީ މެންބަރުން އައްޔަނުކުރަށްވާފައެވެ.