ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކީމްގެ މައްސަލަ ހައްލުކޮށް އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ހެލްތު އިންޝުއަރެންސްގެ ކަންކަން ހަމަޖައްސައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ހެލްތު އިންޝުއަރެންސް ދެނީ އިންހައުސް ސްކީމެއްގެ ދަށުންނެވެ. ނަމަވެސް އެ ސްކީމް ބަދަލު ކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

Ad
rt

ސްޓެލްކޯ އިން ބުނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ކުރިން އިންހައުސް ސްކީމުގެ ބަދަލުގައި އެލައިޑުން މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

އެ ބަަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

މި ސްކީމްގެ ދަށުން މުވައްޒަފުން ބޭނުންވާ ނަމަ އެ މުވައްޒަފެއްގެ މަންމައާއި ބައްޕަވެސް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.