ހއ. ފިއްލަދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު އެކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލް އިދާރާއަށް ހުށައަޅައިގެން ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ވަގުތަކީ 23 މާރޗް 2022 ވަނަ ދުވަހުގެ 11:00 އެވެ.
މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މިމާރޗް މަހުގެ 4 ވަނަ ދުވަހުގެ 11:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 05 ވަނަ ދުވަހުގެ 11:00 އާ ހަމައަށެވެ.
މިބީލަން ހުޅުވުން އޮންނަނީ އޭޕްރިލް 05 ވަނަ ދުވަހުގެ 11:00 ގައި އެރަށު ކައުންސިލް އިދާރާގައެވެ. އަދި މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެއިދާރާގެ ނަންބަރު 6500023 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށައެޅުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށައެޅުމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!