ސައުދީ އަރަބިއްޔާގައި ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފި އެވެ.
ސައުދީގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން މިއަގުތައް ބޮޑުކޮށްފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ.
އެގައުމުގެ ޓެކްސީ ތަކުގައި ބޭނުން ކުރަމުން އަންނަނީ މީޓަރ ސިސްޓަމް ތަކެވެ. އެގޮތުން، ސިޓީތަކުގެެ ތެރޭގައި ދަތުރު ކުރުމަށް 4 މީހުންނަށް ދަތުރު ކުރެވޭ ޓެކްސީއެއްގައި މިހާރު ކަނޑައަޅާފައިވަނީ ދަތުރެއް ފެށުމަށް 10 ރިޔާލެވެ.
މި ބަދަލާއި އެކު މީގެ ކުރިން އިތުރަށް ދުއްވާ ކިލޯ މީޓަރަކަށް ޗާޖު ކުރަމުން އައި 1.8 ރިޔާލުގެ ބަދަލުގައި މިހާރު ޗާޖު ކުރާނީ 2.8 ރިޔާލެވެ. މިއީ 16.67 އިންސައްތައިގެ އަގު ބޮޑު ވުމެކެވެ.
ދަތުރުގައި މަޑުކުރުމުގެ ޗާޖުވެސް ވަނީ 12.05 އިންސައްތަ ބޮޑު ކޮށްފަ އެވެ.
ސައިދީގައި ގާތްގަނޑަކަށް ލައްކަ އަކަށް ވުރެއްގިނަ ޓޭކްސީ ސައުދީގެ ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުން ކުރަމުން އާދެއެވެ.
ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ސެންޓަރުތަކުންނާއި ޑްރައިވަރުން ވަނީ ބޮޑުކޮށްފަ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމުގެ ބާރު ޓެކްސީތަކަށް ލިބިގެން ނުވާކަމަށާއި، ގަވާއިދުގައި ބުނެފައިވާ އަގަށް ވުރެ މަތިން ނަގާ ނަމަ ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!