ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް، ފްލެޓް ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް އުޅެނީ 14.80 ރުފިޔާ އަށެވެ.

ރައްޔިތުންގެ ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯ ފަދަ ކަރަންޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ސަރުކާރުން ތެލުގެ ސަބްސިޑީދެއެވެ.