ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ނައިބުރައީސް އާއި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އެއް ބިލިއަން މީލްސް ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނުގެ ބޭނުމަކީ ރޯދަ މަހު ކާބޯތަކެތި ހޯދަން ދަތި މީހުންނަށް ކެއުން ދިނުމެވެ. މިއީ އޭނާ މުޅި ދުނިޔެއަށް ހުޅުވާލައިގެން ހިންގާ ކެމްޕޭނެކެވެ.
މި ކެމްޕޭން މިއަހަރުގެ ރޯދަ މަސް ނިމެންދެން ކުރިއަށްދާއިރު އަންނަ އަހަރުގެ ރޯދަ މަހު ވެސް ބާއްވަން ވަނީ ރާވާފައެވެ.
ޝެއިޚް މުހައްމަދު ބިން ރާޝިދު ވިދާޅުވީ ދުނިޔޭގައި 800 މިލިއަން މީހުން ބަނޑުހައި ހޫނު ކަމުގައި ދިރިއުޅޭ ކަމަށާއި ރޯދަ މަހަކީ ދީނީ ގޮތުން ވެސް އެފަދަ މީހުންނަށް އެހީވާން މަޖުބޫރު މައްސަރެއް ކަމަށެވެ. އަދި އަވަށްޓެރިން ބަނޑުހައިކޮށް ތިބޭއިރު ކައިގެން ނިދުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއްް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން ޔޫއޭއީން ހިންގަމުން އައީ 100 މިލިއަން މީލްސް ކެމްޕޭނެކެވެ. މިއަހަރުން ފެށިގެން އެ އަދަދު އިތުރު ކުރަން ނިންމީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!