ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ފްލައިޓު ތާވަލު ކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލުމާއެކު އެ އެއާޕޯޓަށް ދަތުރު ފެށުމުގެ މަޝްވަރާތައް ކޮށްފައިިވާ ކަމަށެވެ. އެގޮތުން ދަތުރުތައް ފަށާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް އެ އެއާލައިނުން ބުންޏެވެ.

Ad
rt

މި މަހުގެ 27ގެ އިތުރުން 29 އަދި 31 އަދި އަންނަ މަހުގެ ތިން ވަނަ ދުވަހަށްވެސް ދަތުރުތައް ވަނީ ޝެޑިއުލް ކޮށްފައެވެ.

ރަތުމަލާނަ އެއާޕޯޓަކީ ލަންކާގެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި އެއީ ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓެވެ.

އެ ސަރަހައްދަކީ ގިނަ ދިވެހިން އުޅޭ ސަރަހައްދެއް ކަމުން ރަތުމަލާނާ އެއާޕޯޓަށް ދަތުރު ފެށުމުން ދިވެހިންނަށް އިތުރު ލުޔެއް ލިބޭނެ ކަމަށް އައިއޭއެސް އިން ބުންޏެވެ.