ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ހުޅުވާލި މި ފުރުސަތުގެ ދަށުން އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އާއި ޑޮކިއުމަންޓްތައް 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ހުށަހަޅަން އެސްޓީއޯއިން އެދެއެވެ. ފޯމް ހުށަހަޅާނީ cs@sto.mv އީމެއިލް އެޑްރެހަށް ނުވަތަ ކުންފުނީގެ ވެބްސައިޓް sto.mv ގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

Ad
rt

ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކާ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރާނެއެވެ. އެއަށަފަހު ޝޯޓްލިސްޓް ކުރާ ކެނޑިޑޭޓުންގެ ތެރެއިން މި މަގާމަށް އިންތިހާބުކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާނެ ފަރާތްތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ.

ބޯޑުން ކަނޑައަޅާ ނަންތަލުގެ ތެރެއިން ބޯޑަށް މެމްބަރަކު އިންތިހާބު ކުރާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެެވެ.

އާއްމު ޑިރެކްޓަރުގެ އިތުރުން، ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާނަމަވެސް 31 މާރިޗް 2022 ވަނަ ދުވަހުގެ 16:00ގެ ކުރިން އެކަން އަންގަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.