ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުނަފުނިން ބުނީ މި މަޝްރޫއުގެ ދަށުން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާޑްހައުސް، ވެއާހައުސް، އަދި ވާކްޝޮޕް އިމާރާތްއެޅުމާއި، ނަރުދަމާ ނެޓްވޯކެއް ގާއިމްކުރުމުގެ އިތުރުން ފެންޑަރާއި، ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 17.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!