އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 2.70 ރުފިޔާ ބަހަން ނިންމައިފިއެވެ.
ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިއަދަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދަަރުންގެ 98.7 އިންސައްތައިގެ ވޯޓާ އެކުއެވެ. މި ޖަލްސާގައި އަމިއްލައަށް 101 ހިއްސާދާރަކު ވަނީ ބައިވެރިވެފައިވާއިރު، ޕްރޮކްސީ މެދުވެރިކޮށް 1101 ހިއްސާދާރަކު ބައިވެރިވިއެވެ.
އެއީ 135.9 މިލިއަން ރުފިޔާގެ ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ.
އިންކަމް ޓެކްސް ގާނޫނަށް ގެނެވުނު ބަދަލާއެކު، ރެޒިޑެންސީ ކަށަވަރު ނުވާ ހިއްސާދާރުންގެ ހިއްސާއިން 10 އިންސައްތަ ކެނޑުމަށް ހަމަޖެހިފައިވާތީ، ބައެއް ހިއްސާދާރުންނަށް ހިއްސާ ލިބުމުގައި ލަސްކަމެއް ދިމާވެދާނެތީ، އެކަމަށް ސަމާލުވުމަށް އުރީދޫ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރީ ފަރީހާ ޝަރީފެވެ. އޭނާވަނީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވާފައެވެ. އޭނާއަށް 732 ވޯޓު ލިބުނު އިރު، ދެން ވާދަކުީ އިބްރާހީމް ފިރުޝާން އާއި އައިޝަތު ހުސައިން މަނިކެވެ.
We have commenced our Annual General Meeting 2022. Stay tuned for more updates. pic.twitter.com/IZWshq69oQ
— Ooredoo Maldives (@OoredooMaldives) March 7, 2022
މިއަހަރަށް އުރީދޫގެ އޮޑިޓަރެއްގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ޕްރައިޒް ވޯޓާ ހައުސް ކޫޕާސްއެވެ. އުޖޫރައެއްގެ ގޮތުގައި އެ ފަރާތަށް ދިނުމަށް ފާސްވީ 62,920 ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!