މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕެސްޓްގެ މައްޗަށް މަސްތުވާތަކެތީގެ ބޮޑެތި ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުން ކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށްޓަކައި ދެ މަހަށެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ.
ޕެސްޓް ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ގެއިން ނުނިކުތުމަށް ޝަރުތުކޮށެވެ. މިކަމާ ދައުލަތުން ދެކޮޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!